ޚަބަރު

ސަރުކާރުގެ ބައެއް މަޤާމްތަކަށް ބަދަލު ގެންނަވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް،‏ ސަރުކާރުގެ ބައެއް މަޤާމަށް ބޭފުޅުން މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

މިގޮތުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މިނިސްޓަރުގެ ނައިބުގެ މަޤާމުގައި ހުންނެވި މ.މުޞްޠަފާއާބާދު، މުޙައްމަދު މުޞްޠަފާ އެ މަޤާމުން ވަކިކުރައްވާ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަޤާމަށް ވަނީ ޢައްޔަނު ކުރައްވާފައެވެ. 

އަދި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގައި ހުންނެވި މއ.އަނދުންކޮށީގެ، ޙަސަން ރަޝީދު މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ބަދަލު ކުރައްވައިފިއެވެ. ޙަސަން ރަޝީދު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. އަދި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މިނިސްޓަރުގެ ނައިބުގެ މަޤާމަށް ވ. އެލްމް އާދަމް ޙަލީމް އިބްރާހީމް ޢައްޔަނު ކުރައްވައިފިއެވެ.