ކުޅިވަރު

ބެޑްމިންޓަން ޤައުމީ ސްކޮޑް އެކުލަވާލައިފި


ބެޑްމިންޓަން ޤައުމީ ސްކޮޑް އެކުލަވާލައި ލިނިންގ ބްރޭންޑްގެ ތަކެތި ހަވާލުކޮށްފިއެވެ. 

މެލޭޝިއާގެ ހައި ޕަރފޯމަންސް ކޯޗްގެ އިރުޝާދުގެ ދަށުން ޤައުމީ ސްކޮޑް އެކުލަވާލިއިރު ޓީމްގެ އައު ކޯޗް އަންނަ ހަފްތާގައި މާލެ އައިސް ފަރިތަކުރުންތައް ފަށާނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެއެވެ. ތިން މަސްދުވަހުގެ ޓްރެއިނިންގ އެއް މެލޭޝިއާގެ ހައިޕަރފޯމަންސް ކޯޗް ކުރިއަށްގެންދިޔައިރު ޓީމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެއެވެ. މިއަދު ޤައުމީ ބެޑްމިންޓަން ޓީމްގެ 12 ކުޅުންތެރިންނަށް ލިނިންގ ބްރޭންޑްގެ ތަކެތި ހަވާލުކުރިއިރު ކޮންމެ 6 މަހަކުން ލިނިންގ އިން ޤައުމީ ސްކޮޑަށް އެ ބްރޭންޑްގެ ތަކެތި ހަވާލު ކުރެއެވެ.

 މަޝްހޫރު ކުޅިވަރު ބްރޭންޑް ލިނިންގ އިން އަންނަނީ 2008ވަނަ އަހަރުން ފެށިގެން ޤައުމީ ބެޑްމިންޓަން ޓީމަށް ބެޑްމިންޓަން ކުޅޭނެ ސާމާނާ އެބްރޭންޑްގެ ތަކެތި ހަވާލު ކުރަމުންނެވެ.