ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި


ހިނގާފައިދިޔަ މީހެއްގެ ގައިގާ ޕިކަޕަކުން ޖެހި ހިނގި އެކްސިޑެންޓެއްގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހުޅުމާލޭގައި ހިނގާފައިދިޔަ މީހެއްގެ ގައިގާ ޕިކަޕަކުން ޖެހި ހިނގި އެކްސިޑެންޓްގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ޕިކަޕް ދުއްވަން އިން ޢުމުރުން 47 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ.

ހުޅުމާލޭގެ ވަގުތީ ލޯކަލް މާރުކޭޓް ސަރަޙައްދުގައި ހިނގި މި އެކްސިޑެންޓްގައި ޕިކަޕުން ޖެހުމުގެ ސަބަބުން އަނިޔާވެފައިވަނީ ބަންގަލަދޭޝް ފިރިހެނަކަށެވެ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.