ޚަބަރު

ޕީއެސްއެމުން އިނގިރޭސިބަހުން ނޫހެއް ނެރުމަށް ވަނީ ނިންމަވާފައި


ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފުޅާކުރެއްވުމުގެ ގޮތުން ބޭރުގެ ރާއްޖޭގައި ހުރި ބޭރުގެ މިޝަންތަކާއި ބޭރުގެ ޑިޕްލޮމެޓިކުންނަށް ހާއްސަކޮށްގެން އިނގިރޭސިބަހުން ނޫހެއް ނެރުމަށް ނިންމަވާފައިވާ ކަމަށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. img:http://s1.psmnews.mv/images/660x400/14830056648132.jpg|ޕީއެސްއެމްގެ ގަވަރނިންގ ބޯޑު މެމްބަރުން އިސްލާމިކް މިނިސްޓަރާއެކު - ފޮޓޯ: ޙުސައިން ސަޢީދު / ޕީއެސްއެމް

ޕީއެސްއެމްގެ ދީނީ ޗެނަލް މުންނާރު ލޯންޗްކުރުމުގެ ގޮތުން ރައީސް އޮފީހުގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކްރާމް ވިދާޅުވީ ޕީއެސްއެމުން އާންމުންނަށް ދެމުން އަންނަ ޙިދުމަތް އެއްދުވަހުން އަނެއް ދުވަހަށް ފުޅާ ކުރެއްވުމަށް ބުރަ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 20 މަސްދުވަހުގެ ތެރޭގައި ދެ ޓީވީ ޗެނަލެއް ލޯންޗްކޮށް ބްރޯޑްކާސްޓް ކުރަމުންދާއިރު މުޅި ދުނިޔެއަށް ފެންނާނެ ޓީވީ ޗެނަލް އުފެއްދުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭވަރު ވާނެކަމަށް އިކްރާމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.