ޚަބަރު

އޮފީސް މާޙައުލުގައި ހަކަތަ އިޤްތިޞާދު ކުރުމާގުޅޭ ބައްދަލުވުމެއް


އޮފީސް މާޙައުލުގައި ހަކަތަ އިޤްތިޞާދު ކުރުމަށް ބާރު އެޅުއްވުމުގެ ގޮތުން މަސައްކަތު ބައްދަލުވުމެއް ފައްޓަވައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީން އިންތިޒާމް ކުރައްވައިގެން ކުރިއަށްގެންދަވާ މިމަސައްކަތު ބައްދަލުވުން ޚާއްޞަ ކުރައްވާފައިވަނީ ސަރުކާރުގެ އޮފީސްތަކަށެވެ. މިއަދު ހެނދުނު  އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތުގައި މިބައްދަލުން ފައްޓަވައިދެއްވީ އެމިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ އަޖުވަދު މުޞްތަފާއެވެ.

އެއް ދުވަހުގެ މި މަސައްކަތު ބައްދަލުވުމުގައި، އޮފީސްތަކުން ހަކަތަ ހެޔޮގޮތުގައި ބޭނުންކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވައި، އޮފީސް މާހައުލުގައި ހަކަތަ ބޭނުންކުރާވަރު މަދުކުރެއްވުމަށް ހުރި ފުރުޞަތުތަކާއި، ހުރަސްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. މި މަސައްކަތު ބައްދަލުވުން އޮފީސްތަކަށް ޚާއްޞަކުރެއްވީ، އަމިއްލަ ފަރުދުންގެ ގޭގެގައި ކަރަންޓް ބޭނުންކުރާ ވަރަށްވުރެ އޮފީސްތަކުގައި ކަރަންޓް ބޭނުންކުރާ މިންވަރާއި ކަރަންޓް އިސްރާފު ކުރާ މިންވަރު އިތުރުވާނެތީކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވެއެވެ.