ކުޅިވަރު

ލަންކާ ބަލިކޮށް ރާއްޖެ ފެށުން ރަނގަޅުކޮށްފި


ލަންކާ ބަލިކޮށް ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ ފެށުން ރަނގަޅުކޮށްފިއެވެ.

 އިންޑިއާގެ ސިލިގުރީގައި ފެށި މިމުބާރާތުގެ ފުރަތަމަ މެޗްގައި ރާއްޖެ މިއަދު ލަންކާގެ މައްޗަށް ކުރިހޯދީ ފަސްލަނޑު ދެލަނޑުންނެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ ދެލަނޑު ދެލަނޑުން އެއްވަރުގެންނެވެ. ރާއްޖެއަށް މެޗްގައި ލަނޑުތައް ކާމިޔާބުކޮށްދިނީ ފަދުވާ ޒާހިރު، މަރިޔަމް ރިފާ އަދި އައިމިނަތު ޝާމިލާއެވެ. ކެޕްޓަން ފަދުވާ ވަނީ މެޗްގައި ތިންލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. މިއީ ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމް ބައިނަލްއަޤްވާމީ މެޗެއްގައި ނެރުނު އެންމެ ރަނގަޅު ނަތީޖާއެވެ. 

މި ގްރޫޕްގައި ނޭޕާލާ ބޫޓާން ވާދަކުރި މެޗް އަށްލަނޑު ސުންލަނޑުން ކާމިޔާބުކުރީ ނޭޕާލްއެވެ. ގްރޫޕްގެ ދެވަނަ މެޗްގައި ރާއްޖެ ވާދަކުރާނީ ނޭޕާލާއެވެ. މިމެޗް ކުޅޭނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. 

މިގްރޫޕްގެ ފަހު މެޗްގައި ރާއްޖެ ބޫޓާނާ ދެކޮޅަށް ނިކުންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.