ކުޅިވަރު

ޔޫތު މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޕޮލިހަށް


ޔޫތު ޗެމްޕިއަންޝިޕް ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބް ހޯދައިފިއެވެ. 

ފައިނަލްގައި މިއަދު ކުއީން ސްޕޯޓްސް ކްލަބާ ވާދަކޮށް ޕޮލިސް ކްލަބް ޗެމްޕިއަންކަން ހޯދީ ތިން ސެޓް އެއް ސެޓުންނެވެ. މެޗްގެ ފުރަތަމަ ދެސެޓް ގެންދިޔައީ ޕޮލިސް ކްލަބެވެ. މިދެސެޓް ޕޮލިސް ހޯދީ 22-25 އަދި 23-25 އިންނެވެ. ތިންވަނަ ސެޓް މެޗްގައި ހޯދީ ކުއީން ސްޕޯޓްސްއެވެ. މިސެޓް އެޓީމް ހޯދީ 23-25 އިންނެވެ. މެޗްގެ ހަތަރުވަނަ ސެޓް ހޯދާ ޕޮލިސް ޗެމްޕިއަންކަން ހޯދީ 22-25އިންނެވެ. 

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ އައިމިނަތު އަރީޝާއެވެ. މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ޕޮލިހުގެ އައިމިނަތު އަރީޝާ، މަރިޔަމް މިޒްނާ، ފާތިމަތު ޖޫޒާން، ހަމްނާ ހުސެއިން އަދި ކުއީން ސްޕޯޓްސްގެ އައިމިނަތު ރާޝިދާއާއި، އައިޝަތު އިމްތިނާންއެވެ.