ޚަބަރު

ރާއްޖޭގެ އީއީޒެޑްގައި ޚާއްޞަ ކަނޑުމަތީގެ އޮޕަރޭޝަނެއް ފަށައިފި


އިންޑިއާ ސިފައިންނާއި ދިވެހި ކޯސްޓްގާރޑް ގުޅިވަޑައިގެން، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީއީޒެޑް) ގައި ކަނޑުމަތީގެ ޚާއްޞަ އޮޕަރޭޝަނެއް، މިއަދު ފަށައިފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވަނީ މިހާރު ރާއްޖެ އައިސްއުޅޭ އިންޑިއާގެ ނޭވީ މަނަވަރު، އައިއެންއެސް ސަމަރުގައާއި އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ ގައިކަމަށް އެމްއެންޑީއެފުން މަޢުލުމާތުދެއްވައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ކޯސްޓްގާރޑުގެ ސިފައިންނާއި އިންޑިއާގެ ނޭވީން ޙަރަކާތްތެރިވާ މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށްކަމަށެވެ.

މި ސަވައިލަންސް އޮޕަރޭޝަންގައި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމާއި، އެފަދަ ކަމެއް ހިނގާނަމަ އެކަމަށް ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފައެވެ.