ކުޅިވަރު

އުމުރުން 50 އަހަރުވަންދެން ފުޓްބޯޅަ ކުޅެވޭނެ - އިބްރަހިމޮވިޗް


އުމުރުން ފަންސާސް އަހަރުވަންދެން އޭނާއަށް ފުޓްބޯޅަކުޅެވޭނެކަމަށް ގަބޫލުކުރާކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް ޒްލަޓާންއިބްރަހިމޮވިޗް ބުނެފިއެވެ. 

އުމުރުން ތިރީސް ފަސް އަހަރުގެ ފޯވާޑް ބުނީ އުމުރުން ދުވަސްވާ ވަރަކަށް އޭނާ އަންނަނީ މޮޅުވަމުންކަމަށާއި، ފަންސާސް އަހަރުވަންދެންވެސްފުޓްބޯޅަ ކުޅެވިދާނެކަމަށެވެ. މިހާރުވެސް އޭނާގެ ސިކުނޑީގައި އޭނާގެ އުމުރަކީ ވިހިއަހަރުކަމަށް އިބްރަހިމޮވިޗް ބުންޏެވެ. ފްރާންސްގެ ޕީއެސްޖީ ދޫކޮށް މެންޗެސްޓާރޔުނައިޓެޑާއި ގުޅުނު ފަހުން އޭނާވަނީ މިހާތަނަށް އެޓީމަށް 16 ލަނޑުޖަހައިދީފައެވެ.

 އިބްރަހިމޮވިޗްވަނީ އޭނާ މިހާތަނަށް ކުޅުނު ހުރިހާ ލީގެއްގައިވެސްއޭނާ ކުޅުނު ޓީމްތަކާއިއެކު ލީގްތައް ކާމިޔާބުކޮށްފައެވެ. އިބްރަހިމޮވިޗް ބުނީ ޔުނައިޓެޑާއިއެކުވެސް ޕްރިމިއަރ ލީގް އުފުލާލެވޭނެކަމުގެ ޔަގީންކަންއެބައޮތްކަމަށާއި، ޓީމް މަޑުމަޑުން އަންނަނީ ފޯމަށް އެޅެމުންކަމަށެވެ. 

ޔުނައިޓެޑާއިއެކު އެއް އަހަރުގެ ކޮންޓްރެކްޓެއް ހެދިނަމަވެސް އަންނަ އަހަރުވެސްއިބްރަހިމޮވިޗް ކްލަބްގައި މަޑުކުރުވަން ބޭނުންވާކަމަށް ޔުނައިޓެޑްގެ ކޯޗް ޚޯސޭމޮރީނިއޯވަނީ ބުނެފައެވެ.