ކުޅިވަރު

މިއަހަރަކީ އެންމެ ކާމިޔާބު އެއް އަހަރު - ޒިދާން


ދެހާސް ސޯޅަ ވަނަ އަހަރަކީ އެންމެ ކާމިޔާބު އެއް އަހަރު ކަމަށް ރެއާލްމެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މިއަހަރު ނެގި ތިންވަނަ ތައްޓަށްފަހު ވާހަކަ ދައްކަމުން ޒިދާން ބުނީ ގޮންޖެހުންތަކާއެކުވެސް މިއަހަރަކީ ކެރިއާގެ އެންމެ ކާމިޔާބު އެއް އަހަރު ކަމަށާއި އަދި މިއީ ރެއާލްމެޑްރިޑްގެ ތާރީހުގައި ކްލަބް މިހާ ކާމިޔާބުކޮށް ފަހަކައަށް އައިސް ނިންމާލި އެއް އަހަރު ކަމަށެވެ.  ޒިދާންގެ އިރުޝާދުގެ ދަށުން ބަލިނުވެ ރެއާލް 37 މެޗް ފުރިހަމަކުރިއިރު 11 މަސްތެރޭ ޒިދާން ވަނީ ޗެމްޕިއަންސް ލީގާ ސުޕަރ ކަޕް އަދި ކްލަބް ވަރލްޑްކަޕް ރެއާލްއަށް ހޯދަދީފައެވެ.

 ރަފާ ބެނިތޭޒް މަޤާމުން ވަކިކޮށް ޒިދާން އެމަޤާމަށް އައްޔަން ކުރުމުން ގިނަ ބައެއްގެ ފާޑުކިއުން މެޑްރިޑްގެ ޓޮޕް މެނޭޖްމެންޓަށް އަމާޒުވިއެވެ. ހާއްސަކޮށް ތަޖުރިބާ މަދު ކޯޗަކަށް ރެއާލްކަހަލަ ބޮޑު ކްލަބެއް ހަވާލު ކުރުމުންނެވެ. 11 މަސްތެރޭ ޒިދާން ތިން ތަށި ހޯދިއިރު މޮރީނިއޯގެ އިރުޝާދުގެ ދަށުން ރެއާލްއަށް ތިން ތަށި ހޯދުނީ ތިން އަހަރުންނެވެ. ޒިދާން ބުނީ އަދި މިއީ ފެށުމެއް ކަމަށާއި ލީގު ހޯދުމަށް ކްލަބުން ކަނޑައަޅާފައިވާ މިޝްރާބަށް ކްލަބް ގެންދަން އޭނާ ބޭނުންވާ ކަމަށެވެ. 

މިއަހަރު އޭނާއަށް ހަވާލުކުރެވިފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ސްޕެނިޝް ލީގު ހޯދުން ކަމަށާއި ލީގު ހޯދުމަށް އަދި ގިނަ މަސައްކަތަކެއް ހުރި ކަމަށެވެ. 44 ހަތަރު އަހަރުގެ ޒިދާން ރެއާލްއާ ހަވާލުވީ ދެހަރުގެ މުއްދަތަކަށެވެ.