ކުޅިވަރު

މެލޭޝިއާ މުބާރާތުގެ ރަންވަނަތައް ރާއްޖޭގެ ރާޅާ އެޅުންތެރިންނަށް


މެލޭޝިއާގައި މިއަދު ނިމުނު ބޮޑީބޯޑް މުބާރާތުގެ ދެ ކެޓަގަރީއަކުން އެއްވަނަ ރާއްޖޭގެ އަލީ ހުޝްރުވާން ( ކުޑަ އައްޔަ ) ހޯދައިފިއެވެ. 

ބޮޑީ ބޯޑް އެޓޭކް 2016 ގެ ޑްރޮޕް ނީ ކެޓަގަރީ އަދި ޕްރޯން އޯޕަން ބައިގެ އެއްވަނަ އަލީ ހުޝްރުވާން ހޯދިއިރު ޕްރޮން އޯޕަން ބައިގެ ދެވަނަ ހޯދީ ރާއްޖޭގެ އަޝްވާން މުހައްމަދުއެވެ. އަދި މިބައިގެ ތިންވަނަ ހޯދީ މެލޭޝިއާގެ ރާޅާއެޅުންތެރިއެވެ. ހަތަރުވަނަ ހޯދީ ރާއްޖޭގެ މުހައްމަދު އިހުސާންއެވެ.

  ޑްރޮޕް ނީ ކެޓަގަރީގެ އެއްވަނަ ކުޑަ އައްޔަ ހޯދިއިރު ދެވަނަ ހޯދީ ރާއްޖޭގެ މުހައްމަދު އިހުސާންއެވެ. މިބައިގެ ތިންވަނަ އަދި ހަތަރު ވަނަ ވެސް ހޯދާފައިވަނީ މެލޭޝިއާގެ ރާޅާއެޅުންތެރިންނެވެ. މިމުބާރާތައް ރާއްޖޭގެ ރާޅާއެޅުންތެރިން ދިއުމުގެ ކުރިން މެލޭޝިއާގައި ބޭއްވި ކުއިކްސިލްވަރ އިންޓަރނޭޝަނަލް ސަރފިންގެ ޗެމްޕިއަންޝިޕްގެ ބޮޑީބޯޑްބައިގެ ރަންވަނަތައްވެސް ރާއްޖޭގެ ރާޅާއެޅުންތެރިންވަނީ ހޯދާފައެވެ. އެގޮތުން އެމުބާރާތުގެ އެއްވަނަވެސް ހޯދީ ރާއްޖޭގެ އެންމެ މޮޅު ބޮޑީބޯޑަރ އަލީ ހުޝްރުވާންކަން ފާހަގަކޮށްލެވެއެވެ.