ޚަބަރު

ބަހްރެއިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުވައިފި


ބަހްރެއިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރަސްގެފާނު ހަމަދް ބިން ޢީސާ އަލް-ޚަލީފާއަށާއި، ބޮޑުވަޒީރު ޕްރިންސް ޚަލީފާ ބިން ސަލްމާން އަލް-ޚަލީފާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.

‏ރައީސުލްޖުމްހޫރިއްޔާ، އެބޭބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ބަހްރެއިންގެ ރަސްގެފާނަށާއި، ބޮޑުވަޒީރާށާއި، އެ ޤައުމުގެ ސަރުކާރަށާއި، އަޚްވަންތަ ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، ޤައުމީ ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ރާއްޖެއާއި ބަހްރެއިނާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް އަޚްވަންތަ ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި ‏‏އިތުރަށް ބަދަހިވެގެންދާނެ‎ކަން ޔަޤީން ކުރައްވާ ކަމުގައި ‏‏ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ބަހްރެއިންގެ ރައްޔިތުންނަށް އަމާންކަމާއި، އުފާ ފާގަތިކަމަށްވެސް އެދިވަޑައިގެންފައިވެއެވެ.