ޚަބަރު

މާލޭގެ ބައެއް ސަރަޙައްދުތަކުން މިރޭ ފެން ކެނޑޭނެ


ފެނުގެ ޑިސްޓްރިބިއުޝަން ވިއުގަ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ މިރޭ ދިހައަކުން ހެނދުނު ހަޔަކަށް މާލޭގެ ބައެއް ހިސާބުތަކުން ފެނުގެ ޚިދުމަތް މެދުކެނޑޭނެކަމަށް އެމް.ޑަބްލިއު.އެސް.ސީން ބުނެފިއެވެ. 

މިރޭ ފެން ކަނޑާލަން ނިންމާފައި ވަނީ ފެން ފޯރުކޮށްދޭ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ އަޕްގްރޭޑިން މަސައްކަތް ކުރަމުންދާ ސަރަހައްދުން އެކަނި ކަމަށާއި މާލޭގެ އެހެން ހުރިހާ ސަރަހައްދަކަށް އެއްވެސް ދަތިކަމެއް ނެތި ފެން ލިބެމުންދާނެކަމަށް އެމް.ޑަބްލިއު.އެސް.ސީން ބުނެއެވެ.

އެގޮތުން މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ސަރަހައްދުން ފެށިގެން ރުވާގު މަގާ ދޭތެރޭގައި މަޖީދީ މަގަށް ވާގޮތަށް 14 ބްލޮކެއްގައި ހިމެނޭ ގެތަކުން ފެން ކެނޑޭނެ ކަމަށް އެމް.ޑަބްލިއު.އެސް.ސީ އިން ބުނެއެވެ.

ފެނުގެ ޑިސްޓްރިބިއުޝަން ވިއުގަ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު އެ ސަރަހައްދުގެ މަޖީދީ މަގު އަލުން މަރާމާތު ކުރުމުގެ މަސައްކަތްވެސް ސަރުކާރުންދަނީ ކުރައްވަމުންނެވެ.