ތަރައްްޤީ

ފޮނަދޫގައި އެތްލެޓިކްސް އެންޑް ހޭންޑް ބޯލް މުބާރާތެއް ފަށައިފި


ތ އަތޮޅާއި ލ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އެތްލެޓިކްސް އެންޑް ހޭންޑް ބޯލް މުބާރާތެއް ފަށައިފިއެވެ.

ފުލުހުން ކުރިއަށްގެންދާ ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމްގެ ދަށުން ހިންގާ މި މު މުބާރާތް ކުރިއަށްގެންދަނީ ލ. ފޮނަދޫގައެވެ. މި މުބާރާތުގައި ލ އަތޮޅާއި ތ އަތޮޅުގައި މަސައްކަތްކުރާ ޒުވާނުންގެ ތެރެއިން 32 މީހުން ބައިވެރިވެއެވެ.

މި މުބާރާތުގައި އެތުލެޓިކްސް އާއި ހޭންޑްބޯލްގެ ޤަވާއިދާއި ކޯޗުންނަށް ބޭނުންވާ ހުނަރުތަކާއި މި ކުޅިވަރުތަކުން މީހުން ތަމްރީންކުރާނެ ގޮތްތަކާއި ޕްރެކްޓިކަލް ސެޝަންތައް ކުރިއަށް ގެންދާނެ ގޮތްތަކުގެ އިތުރުން ކުޅިވަރުގެ އަހުލާޤު ކިޔަވައިދެވޭނެކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މި ކޭމްޕުގައި ތަމްރީނު ދެއްވަނީ ހޭންޑުބޯލް އެސޯސިއޭޝަންގެ އިންސްޓްރަކްޓަރެއްގެ އިތުރުން ފުލުހުން ތެރެއިން ކަމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުން ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.