ޚަބަރު

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބޭއްވި ކުޑަކުދިންގެ ހަވީރު


މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީގޮތުން ފާހަގަކުރައްވާ ގއ. ގެމަނަފުށީގައި މަސްވެރިންގެ ދުވަހާ ގުޅުވައިގެން ޢާއިލީ ހަވީރެއް ބާއްވައިިފިއެވެ. 

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ބައިވެރިވެވަޑައިގެންނެވި މި ހަވީރަކީ ގެމަނަފުށީގެ މަސްވެރި އާއިލާތަކާއި އެރަށުގެ އެހެން އާއިލާތަކާއި ކުޑަކުދިންނާއެކު އެއްތަނަކަށް އެއްވެ ގުޅުންބަދަހިކޮށް އިޖުތިމާއީ ގުޅުން ބަދަހި ކުރުމުގެ މަޤްސަދުގައި ބޭއްވި ހަވީރެއްކަމަށް ގެމަނަފުށި ކައުންސިލުން ވިދާޅުވެއެވެ. 

img:http://s1.psmnews.mv/images/660x400/14815536770366.jpg|ގއ ގެމަނަފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން / ފޮޓޯ: މިނިސްޓްރީ

މި ހަވީރުގައި ގެމަނަފުށީ ސްކޫލްގެ ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނާއި އެރަށު ޕްރީސްކޫލްގެ ދަރުވަރުން ވަނީ މުނިފޫހިފިލުވުމުގެ އެކިއެކި އައިޓަމްތައް ހުށައަޅާދީފައެވެ. މީގެއިތުރުން ކުޑަކުދިންނާއި ގުޅޭ އެކިއެކި ކުޅިވަރު ހަރަކާތްތަކާއި ކުޑަކުދިންނާއި ގުޅޭ ތަފާތު ސްޓޯލްތައް ކުރިއަށްގެންދިޔައެވެ. 

މި ހަވީރުގައި ފިޝަރީޒް މިނިސްޓަރގެ އިތުރުން މަސްވެރިންގެ ދުވަހަށް ގެމަނަފުއްޓަށް ވަޑައިގެން އުޅުުއްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.