ޚަބަރު

"މަސްވެރިންނަށް ދިމާވާ ދަތިތައް ސަރުކާރުން ހައްލުކޮށްދެއްވާނެ"


މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ގއ.ގެމަނަފުށީގައި ބޭއްވި މަސްވެރިންގެ ޤައުމީ މަހާސިންތާގެ ބައިވެރިންނާ، ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ބައްދަލުކުރައްވައިފިއެވެ.

މިރޭ ގެމަނަފުށީގައި ބޭއްވެވި މި ބައްދަލުވުމުގައި، ފިޝަރީޒް މިނިސްޓަރ ވަނީ މަސްވެރިންގެ ޝަކުވާތައް އަޑުއައްސަވާ އެމީހުން ބޭނުންވާ ކަންތައްތައް އޮޅުންފިލުވާފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ބައްލަވައި އެކަންތައްތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުމުގައި މަސްވެރިންގެ މައިގަނޑު ޝަކުވާއަކަށްވީމަސްކިރުމުގައި މިހާރު ދިމާވެފައިވާ ދަތިތަކާއި މަސްކިރުވުމަށްފަހު ވަގުތުންފައިސާ ނުލިބޭ މައްސަލައެވެ. މިފްކޯގެ އިސްވެރިންގެ އިތުރުން މަސްވެރިކަމުގެ ސިނާޢަތުގައިޙަރަކާތްތެރިވާ މައިގަނޑު ހުރިހާ ފަރާތްތަކުންވެސް ބައިވެރިވި މި ބައްދަލުވުމުގައި މިނިސްޓަރ ޝައިނީ ވަނީ މަސްވެރިކަމިގެ ސިނާޢަތުގައި ސަރުކާރުން ގެންގުޅުއްވާ ތަޞައްވަރު މަސްވެރިންނަށް އޮޅުންފިލުއްވައިދެއްވާފައެވެ.

"މިފްކޯ މިއަށްވުރެ ރަނގަޅުކޮށްމިހާރަށްވުރެ ރަނގަޅު ގޮތަކަށް ހިންގުމަށްޓަކައި ސަރުކާރުން މިހާރުވެސް ފިޔަވަޅެއްއަޅުއްވާފައި ވަނީ. އެކަންތައްތަކާ މިފްކޯގެ ބޭފުޅުންވެސް ތިއްބަވައިގެން ވާހަކަދައްކާފައި.. އެކަންތަކަށް އިދާރަކުރެއްވިއްޔާ ފެބުރުއަރީ ހިސާބުގައި ހުރިހާކަމަކަށް ޙައްލު އަންނާނެކަމުގެ ޔަޤީންކަން މިފްކޯއިންވެސް ވަނީ ދީފައި..މަސްވެރިންގެ މައިގަނޑު ގޮތަކަށް ހުރި ޝަރުވާތަކަކީ ނުވަތަ އުދާސްތަކަކީމަސްބާނައިގެން އައިސް މަސްކިރުވުމުގައި ވާ ލަސްވުމާއި، ކިއުގައި ތިބެންޖެހުމާއިމަސްނުކިރާ ދާންޖެހުމާއި މިކަހަލަ ކަންތަކުގެ ވާހަކަ" މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

މަސްވެރިންގެ ޤައުމީ މަހާސިންތާގައި މަޝްވަރާކުރެއްވީ މައިގަނޑުދެކަމެއްގެ މައްޗަށެވެ. އެއީ ރާއްޖޭގެމަސްވެރިކަން ކުރިއެރުވުމަށް މިހާރު ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، އެކަންކަން ޙައްލުކުރެއްވުމަށް ކުރެއްވެން ހުރި ކަންތައްތަކާއި ދިވެހި މަސްވެރިކަމާބެހޭ ޤާނޫނުގެ ބިލްގެ ދެލިކޮޕީއާމެދުގައެވެ. 

މަސްވެރިންގެ ޤައުމީ މަހާސިންތާގައި ޖުމްލަ 50 ފަރާތަކުންބައިވެރިވެފައިވެއެވެ. އެއީ ރާއްޖޭގެ އެކި ސަރަޙައްދަކުން 30 މަސްވެރިންނާއި، މަސްވެރިކަމުގެސިޔާޢަތުގައި ޙަރަކާތްތެރިވާ 10 ފަރާތާއި، ގެމަނަފުށިން ބައިވެރިވި 10 މަސްވެރިންނެވެ.