ވިޔަފާރި

އުރީދޫ އިން ލޮކޭޓް ސެޓަލައިޓްގެ ޚިދުމަތް ތަޢާރަފް ކޮށްފި


މަސްދޯނިފަހަރާއި އެހެނިހެން އުޅަނދުފަހަރު އުޅޭ ހިސާބު ފަސޭހާއިން ބަލައިލެވޭ އުރީދޫ ލޮކޭޓް ސެޓަލައިޓް މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މިއަދު ތަޢާރަފްކޮށްފިއެވެ.

ރާއްޖެއާއި، ރާއްޖޭން ބޭރުގެ ކަނޑުތަކުގައި ދަތުރު ކުރަމުންދާ އުޅަނދުފަހަރު އުޅޭ ސަރަޙައްދު ފަސޭހަކަމާއެކު ބަލައިލެވޭ ވެބް ޕޯޓަލަކާއި މޮބައިލް އެޕްލިކޭޝަނެއްވެސް މި ޑިވައިސްއާއެކު ހިމެނެއެވެ.

މަސްވެރިކަމަށް ބޭނުންކުރަމުންދާ އުޅަނދުފަހަރު މޮނީޓަރކޮށް މެނޭޖްކުރުމުގައި ވެސެލް ޓްރެކް ކުރުމަށް ދުނިޔޭގެ ފެންވަރުގައި، ބޭނުންކުރާ މި ޑިވައިސްތައް ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. ޚާއްޞަގޮތެއްގައި، ސެލިއުލަރ ނުވަތަ ރޭޑިއޯ ސިގްނަލް ނުލިބޭ ސަރަޙައްދުތަކުގައި، އޮޑިދޯނިފަހަރާއި ފަޅުވެރިން އެއްގަމާ ގުޅުވާލަދެނީ ސެޓަލައިޓް މެދުވެރިކޮށެވެ. ހަމައެއާއެކު އުރީދޫ ލޮކޭޓް ސެޓަލައިޓް މެދުވެރިކޮށް އިންޖީނުގެ ޙާލަތާއި، އުޅަނދުފަހަރުގައި ބޭނުންކުރަމުންދާ ތެލުގެ މަޢުލޫމާތު، އަދި ދަތުރު ކުރަމުންދާ މަގާބޭހޭ މަޢުލޫމާތު ލިބޭނެއެވެ. އަދި ކަނޑައެޅިފައިވާ ވަކި ސަރަޙައްދަކުން އުޅަނދުފަހަރު ބޭރުވެއްޖެނަމަ އަންގައިދޭ ޖިއޯފެންސިންގެ އެލަރޓްގެ ޚިދުމަތްވެސް ލިބޭނެއެވެ. އުރީދޫ ލޮކޭޓް ސެޓަލައިޓްގެ ޚިދުމަތްދެނީ ވެސެލް ޓްރެކްކުރުމުގައި ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ފަރުމާކުރެވިފައިވާ ތިން ޕެކޭޖާއެކުގައެވެ.

އުރީދޫ އެކްސްޕީރިއަންސް ސެންޓަރު މެދުވެރިކޮށް، އުރީދޫ ލޮކޭޓް ސެޓެލައިޓް ޕްރީ-އޯޑަރ ކުރެވޭނެކަމަށްވެސް އުރީދޫއިން މަޢުލޫމާތުދެއެވެ.