ޚަބަރު

މަސްވެރިންގެ ދުވަހާގުޅިގެން ޚާއްޞަ ކުއިޒް މުބާރާތެއް ބާއްވައިފި


މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގެމަނަފުށީ ސްކޫލް ކުދިންގެ މެދުގައި ކުއިޒް މުބާރާތެއް ބާއްވައިފިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނުއްވައިގެން ކުރިއަށްގެންދިޔަ މި ކުއިޒަކީ، ފިޝަރީޒް މިނިސްޓްރީން، ގެމަނަފުށީ ސްކޫލާއި ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ރޭ ގެމަނަފުށީ ސްކޫލްގައި ބޭއްވި މި ކުއިޒްގެ ހުރިހާ ސުވާލެއް އަމާޒުކުރައްވާފައިވަނީ، މަސްވެރިކަމަށެވެ. އެރަށު ސްކޫލުގެ 4 ހައުސްގެ މެދުގައި ބޭއްވި މިމުބާރާތުން އެއްވަނައަށް ގޮސްފައިވަނީ ހުރަވީ ހައުސްއެވެ. މިކުއިޒުން ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 13 ވަނަ ދުވަހުގެ ރޭ އެރަށުގައި ބާއްވަވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.