ޚަބަރު

ވިޔަފާރީގެ މުޢާމަލާތްތައް ހިންގޭނެ ސޮފްޓްވެއަރއެއް އުފައްދައިފި


ޢާންމުކޮށް ފަރުދުންގެ ބޭނުންތަކަށާއި، ވިޔަފާރީގެ މުޢާމަލާތްތައް ހިންގޭނެ ސޮފްޓްވެއަރއެއް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން އުފައްދައިފިއެވެ.

މިއީ ވިޔަފާރީގެ މުޢާމަލާތްތަކާއި، ކުންފުނިތަކުން ހިންގާ އެކި ކަހަލަ މަސައްކަތްތައެއް ލުއިފަސޭހަކަމާއެކު ކުރިޔަށް ގެންދިޔުމަށް ޕެނަރޯމާ ކޮމްކެއަރ ޕުރައިވެޓް ލިމިޓެޑުން އުފެއްދި ސޮފްޓްވެއަރއެކެވެ. މި ޕުލެޓްފޯމު ބޭނުންކުރަމުންދަނީ ކްލައުޑްގެ ތެރެއިންނެވެ.

މި ޕުލެޓްފޯމް އިފްތިތާޙުކޮށްދެއްވުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މި ޕުލެޓްފޯމް އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް ކައުންސިލްގެ ވައިސް ޗެއަރ ފިޝަރީޒް މިނިސްޓްރ ޑރ. މުޙައްމަދު ޝައިނީއެވެ. ޕުލެޓް ފޯމް އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޑރ. ޝައިނީ ވިދާޅުވީ، މިފަދަ ޕުލެޓްފޯމެއްގެ ސަބަބުން ކުދިވިޔަފާރިއާއި މެދުފަންތީގެ ވިޔާފާރިތަކަށް ވަރަށްބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕެނަރޯމާ ކޮމްކެއަރގެ ސިއީއޯ އިކްރާމް ޙަސަން ވިދާޅުވީ މި ޕުލެޓްފޯމް ތަޢާރަފް ކުރެވުމުން ރާއްޖޭގެ އިކޮނޮމިކް ޑިވަލަޕްމަންޓަށާއި، ޢާންމު ވިޔަފާރިތަކަށާއި، މީހުންގެ ކަންކަން އަވަސް އަދި ފަސޭހަގޮތަކަށް ކުރެވިގެންދާނެ ކަމަށެވެ. މި ޕުލެޓްފޯމުގެ ޚިދުމަތްތައް ރިޓެއިލް ޓްރެވެލް އެޖެންޓްސް، ރިސޯޓް، ހޮޓެލްތަކާއި ރަށު ކައުންސިލްތަކާއި ޖަމްޢިއްޔާތައްވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.