ތަޢުލީމު

ބުރުނާއީގައި ކިޔެވުމަށް 5 ސްކޮލަރޝިޕް ހުޅުވާލައިފި


ބުރުނާއީގެ ސުލްޠާން ޝަރީފް ޢަލީ އިސްލާމިކް ޔުނިވަރސިޓީން، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ މެދުވެރިކޮށް ދިވެހިންނަށް ދޭ ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް އެދުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ހުޅުއްވާލައްވައިފިއެވެ. 

ބުރުނާއީ ދާރުއްސަލާމުން ދޭ މި 5 ސްކޮލަރޝިޕްގެ ފުރުޞަތަކީވެސް، ބެޗްލަރސް ޑިގްރީގެ 5 ފުރުޞަތެވެ. މި ސްކޮލަރޝިޕްތަކުގައި ޓިއުޝަން ފީއާއި ރެޖިސްޓްރޭޝަންފީއާއި އޮރިއެންޓޭޝަން ފީއާއި އެކޮމޮޑޭޝަން ފީ ހިލޭ ހަމަޖައްސައިނިދުމަށް ވަނީ ކަނޑައެޅިފައެވެ. ބުރުނާއީ ދާރުއްސަލާމް ޔުނިވަރސިޓީ އިސްލާމް ސުލްތާން ޝަރީފް ޢަލީ ގެ ކޮންވޮކޭޝަންގައި ޚާއްޞަ މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބުރުނާއީއަށް މިއަހަރުގެ އޮކްޓޯބަރުމަހުގައި ކުރެއްވި ދަތުރުފުޅުގައި، އެ ޤައުމުގެ އެޑިޔުކޭޝަން މިނިސްޓަރާ ބައްދަލުކުރައްވައި ބުރުނާއިގެ ފަރާތުން ރާއްޖެއަށް ދެމުން އަންނަ ސްކޮލަރޝިޕްގެ އަދަދު އިތުރުކޮށްދިނުމަށް، ވަނީ އެދިވަޑައިގެންފައެވެ.

ބުރުނާއީގެ ސުލްޠާން ޝަރީފް ޢަލީ އިސްލާމިކް ޔުނިވަރސިޓީން، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ މެދުވެރިކޮށް ދިވެހިންނަށް ދޭ ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ މިމަހުގެ 20 ވަނަ ދުވަސްކަމަށް ދިވެރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.