ޚަބަރު

ޕީއައިއޭގެ މަތިންދާބޯޓެއް ވެއްޓިއްޖެ


ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ދަތުރު ކުރަމުންދަނިކޮށް ވެއްޓުނު ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންސްގެ މަތިންދާބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވެފައި ނުވާކަމަށް އެ އެއަރލައިނުން ހާމަކޮށްފިއެވެ.

މި މަތިންދާބޯޓު ވެއްޓުނުއިރު 48 މީހުން އެ ބޯޓުން ދަތުރުކުރަމުންދިޔަ ކަމަށް ޕާކިސްތާން އެއަރލައިންސް އިން ހާމަކޮށްފައިވެއެވެ. އަދި މި މަތިންދާބޯޓު ވެއްޓިފައި ވަނީ އެއަރޓްރެފިކް ކޮންޓްރޯލާއި މުވާޞަލާތީ ގުޅުން ކެނޑުމަށްފަހު ކަމަށް އެ އެއަރލައިނުން ބުނެފައިވެއެވެ. މި މަތިންދާބޯޓު ވެއްޓިފައިވަނީ ޕާކިސްތާނުގެ އުތުރުގެ ފަރުބަދަ މަތީ ސަރަހައްދަކަށެވެ.