ޚަބަރު

ސްކޫޕް ޢިމާރާތުގައި ރޯވި އަލިފާން ނިއްވާލައިފި


ސްކޫޕް ރެސްޓޯރަންޓްގެ ބަދިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގައި ބޭނުންކުރަ ގިނަ ސާމާނުތަކެއް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި- ފޮޓޯ: އެމްއެންޑީއެފް

މާލެގެ ޗާންދަނީ މަގުގައި ހުންނަ ސްކޫޕް ރެސްޓޯރަންޓް ހިންގާ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. މި ހާދިސާ ހިނގާފައިވަނީ ސްކޫޕް ރެސްޓޯރަންޓްގެ ބަދިގޭގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މި ހާދިސާގައި އެ ބަދިގޭގައި ބޭނުންކުރާ ބައެއް ސާމާނުތައް ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު މެންދުރު 11:49 ހާއިރު ކަމަށާއި، އެއާއެކު އެފްއާރުއެސްގެ ފަޔަރމަނުންގެ ޓީމެއް އެސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެއްޓެވި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި ކުރެއްވި މަސައްކަތުން، އަލިފާން ކޮންޓްރޯލްކޮށް އެއްކޮށް ނިއްވާލެވިފައިވަނީ 12:17 އެހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.