ދުނިޔެ

އެއްކޮށް ނަށަން އިންކާރުކުރުމުން ގަޔަށް ބަޑިޖަހާ މަރާލައިފި


ކާވެނި ޙަފްލާއެއްގެ ތެރެއިން ނަށަން އެދުމުން، އެކަމަށް އިންކާރުކުރި އިންޑިއާގެ އަންހެނެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ ޕަންޖާބު ސްޓޭޓްގެ ޗާންދިގަރް ސިޓީއާ 225 ކިލޯމީޓަރު ދުރުގައި އޮންނަ ބަތިންޑާ ކިޔާ އަވަށެއްގައި ހޮނިހިރު ދުވަހުގެރެއެވެ. މިހާދިސާގައި ބަޑިޖެހުމުގެ ސަބަބުން މަރުވެފައިވަނީ 25 އަހަރުގެ މާބަނޑު ޒުވާން އަންހެނެކެވެ. 

ބަތިންޑާ ފުލުހުން ބުނީ އަންހެން މީހާ ގަޔަށް ބަޑިޖަހާފައިވަނީ ކާވެނި ހަފްލާއަށް ދިޔަ މީހަކު އަންހެން މީހާއާއެކު ނަށަން އެދުމުން އަންހެންމީހާ އެކަމަށް އިންކާރުކުރުމުން، އެކަމާ ރުޅި އައިސްގެންކަމަށެވެ. އަދި އޭނާގެ ގަޔަށް ބަޑިޖަހާފައިވަނީ ވަރަށް ކައިރިންކަމަށާއި ވަޒަން އެރުމާއެކު އަންހެން މީހާ މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ. 

ފުލުުހުން ބުނީ ބަޑިޖެހި މީހާ، ބަޑިޖެހުމަށްފަހު އެސަރަޙައްދުން ފިލާފައިވާކަމަށެވެ. ނަމަވެސް ފުލުހުން އެމައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.