ދުނިޔެ

އިންޑިއާގެ އުތުރުގެ ސަރަޙައްދުތަކަށް ދުންފިނީގެ އަސަރުކޮށްފި


އިންޑިއާގެ އުތުރުގެ ސަރަޙައްދުތަކަށް ދުންފިނީގެ އަސަރުކޮށް، ވައިނުސާފުވުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމް ހުއްޓުމަކަށް އަތުވެއްޖެއެވެ.  

އިންޑިއާގެ އުތުރުގެ ސަރަޙައްދުތަކަށް ދުންފިނީގެ އަސަރުކޮށްފައިވާތާ މިއީ 4 ވަނަ ދުވަހެވެ. މިކަމުގެ ސަބަބުން ފްލައިޓްތަކާއި، ޓްރެއިން ދަތުރުތައްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. 

ހޮނިހިރު ދުވަހު ނިއު ދިއްލީން ދަތުރުކުރަން ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ 9 ފްލައިޓަކާއި ޑޮމެސްޓިކް 4 ފްލައިޓްގެ ވަގުތު ފަސްކޮށްފައިވެއެވެ. އަދި އުތުރު ޕަންޖާބްގައި ދުންފިނީގެ ސަބަބުން ވައި ނުސާފުވެފައިވާތީ 13 ރޭލެއްގެ ދަތުރު ކެންސަލްކޮށް، 81 ރޭލެއްގެ ދަތުރުތައް ފަސްކޮށް، 40 ރޭލު ދަތުރެއް ވަނީ ރީޝެޑިއުލް ކޮށްފައެވެ.  

އުއްތަރަޕްރަދޭޝްގައިވެސް ދުންފިނީގެ އަސަރު ބޮޑުވުމާއި، ގުޅިގެން ދަތުރުފަތުރަށް ވަނީ ބުރުއަރާފައެވެ.