ޚަބަރު

ކަފިދޫގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ


14:08 - ކަފިދޫގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ - އެމްއެންޑީއެފް

14:06 - އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންދިޔަ ސިފައިންގެ 2 މީހުން ދޫކޮށްލައިފި. ސީރިއަސް އަނިޔާއެއް ނުވޭ. 

13:57 - އެހީތެރިކަން ބޭނުންފުޅުވާ ބޭފުޅުން ގުޅުއްވާނީ 115 އަށް. tw:https://twitter.com/PSMnewsmv/status/803161264868368384

13:55 - އެހީތެރިކަން ފޯރުކޮށްދިނުމަށް ޑިޒާސްޓާމެނޭޖުމަންޓް ސެންޓަރުގެ ބޭފުޅުން ދަނީ އެސަރަޙައްދުގައި ޙަރަކާތްތެރިވަމުން. 

13:53 - އަލިފާން ރޯވި ސަރަޙައްދުން، ސަލާމަތީ ސަބަބުތަކަށްޓަކައި ކަރަންޓް ކަނޑާލައިފި. tw:https://twitter.com/PSMnewsmv/status/803154263723544576

13:48 - ކަފިދޫގޭގައި ރޯވެ އަނދަމުންދާތާ އެއް ގަޑިއިރަށްވުރެ ގިނައިރު ވީއިރު އަދިވެސް މުޅިން ކޮންޓްރޯލެއް ނުވޭ. 

13:40 - މިޙާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ދެ މީހަކަށް އަނިޔާވެއްޖެ. އެދެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތުދޭ. އަނިޔާގެ ތަފްސީލެއް އަދި ނުލިބޭ. 

13:30 - އަލިފާންގަނޑު ރޯވި ގުދަން ހުރި ސަރަޙައްދަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވަޑައިގެން، އެސަރަޙައްދުގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް ދަނީ ބައްލަވަމުން. tw:https://twitter.com/PSMnewsmv/status/803155985254600704

13:26 - އަލިފާންގަނޑު އިތުރަށް ނުފެތުރޭވަރަށް މިހާރު ކޮންޓްރޯލްވެއްޖެ - އެމްއެންޑީއެފް

13:22 - ރޯވީ ގިނަ ޢިމާރާތްތަކެއްގެ މެދުގައި ހުރި ތަނެއްގައިކަމަށްވުމުން، ގިނަބަޔަކަށްވަނީ ނުރައްކާ ބޮޑުވެފައި. އަލިފާންގަނޑު އަދިވެސް ކޮންޓްރޯލެއް ނުވޭ. img:http://s1.psmnews.mv/images/660x400/14803216788771.jpg|އަލިފާންރޯވި ގުދަން އަނދަމުންދަނީ

13:19 -  ރޯވީ ޓިނުން ހަދާފައިހުރި ތަނެއްގައިކަމަށްވުމުން ނިއްވާލުމުގައި ދަތިތަކާކުރިމަތިވޭ. ރޯވި ގުދަން މިހާރުވަނީ އަނދައި ހުލިވެފައި. ރޯވި ގުދަނާ ކައިރީގައި ހުރި ބިދޭސީން ދިރިއުޅޭ ތަނެއްގައިވެސް ވަނީ ރޯވެފައި. img:http://s2.psmnews.mv/images/660x400/14803216587764.jpg|އަލިފާންރޯވި ގުދަން އަނދަމުންދަނީ

13:00 - ކަފިދޫ ގެއާ އިންވެގެންހުރި ދެ ގެއެއްގައި ވެސް ރޯވެއްޖެކަމަށް ޚަބަރުލިބޭ. img:http://s2.psmnews.mv/images/660x400/14803209732558.jpg|އަލިފާން ނިއްވުމުގެ މަސައްކަތުގައި ސަލާމަތީބާރުތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން - ފޮޓޯ: ޕީއެސްއެމް

12:55 - ބްރަދަހުޑް ގްރޫޕުގެ ދަށުން ގާމަންޓްސް އާއި ކޮސްމެޓިކްސް އާއި އިލެކްޓްރޯނިކްސްގެ ވިޔަފާރި ކުރާ ފިހާރަތައް ހިންގަމުންދޭ. 

12:50 - ރޯވީ ބްރަދަހުޑް ކިޔާ ފިހާރައެއްގެ ގުދަނެއްގައި. އެ ގުދަން ހުރީ އިންޝުއަ ކޮށްފައި ކަމަށް މަޢުލޫމާތުލިބޭ. img:http://s4.psmnews.mv/images/660x400/14803209470062.jpg|އަލިފާން ނިއްވުމުގެ މަސައްކަތުގައި ސަލާމަތީބާރުތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން - ފޮޓޯ: ޕީއެސްއެމް

12:45 - ރޯވެފައިވަނީ މައްޗަންގޮޅީ ކަފިދޫ ގޭގައިި. އެޢިމާރާތާ ކައިރީގައި ދިރިއުޅޭމީހުން ރައްކާތެރި ޙިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި. ރޯވެފައިވަނީ ފަސް ބުރީގެ ގުދަނެއްގައި. އެތަނުގައި 40 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ކޮސްމެޓިކްސް އާާއި ގާމަންޓްސް އަދި ދޮންނަ މެޝިން ފަދަ މުދާހުރިކަމަށް މަޢުލޫމާތުލިބޭ. tw:https://twitter.com/MNDF_Official/status/803141665376575492

ދިލްބަހާރުމަގުގައި ހުރި ޢިމާރާތެއްގައި ރޯވެ އަނދަމުން އެބަދެ އެވެ. img:http://s3.psmnews.mv/images/660x400/14803197693619.jpg|އަލިފާންރޯވި ގުދަން އަނދަމުންދަނީ

މިއީ ގުދަނެއްކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތުދެއްވައެވެ. އެމްއެންއެންޑީއެފްއިން ވިދާޅުވީ، އަލިފާން ރޯވެފެއިވަނީ މަޖީދީމަގުގައި ހުރި ކާމިނީ ޝޮޕިންގ ކޮމްޕްލެކްސްގެ ފުރަގަހުން ހުރި ގުދަނެއްގައި ކަމަށެވެ. އަލިފާން ނިއްވާލުމަށް އެމްއެންޑީއެފްދަނީ ޙަރަކާތްތެރިވަމުންނެވެ.