ޚަބަރު

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާ ދެކޮޅު ކެމްޕޭން


އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހިންގާ ކެމްޕެއިންގެ ދަށުން ސަރުކާރުގެ ގިނަ މުއައްސަސާތަކަކުން މިއަދު އެދުވަސް ފާހަގަކޮށްފިއެވެ. img:http://s2.psmnews.mv/images/660x400/14802462666191.jpg|ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު - ފޮޓޯ: ޕީއެސްއެމް

އެގޮތުން މުވައްޒަފުން މިއަދު އޮފީހަށް ނުކުމެފައިވަނީ އޮރެންޖްކުލަ ރަމްޒުކޮށްދޭ ހެދުމެއްގައެވެ. އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި ކުރިޔަށްގެންދާ 16 ދުވަހުގެ ޙަރަކާތުގެ ދަށުން ޕީއެސްއެމްއިން އިސްނަގައިގެން ކުރިޔަށްގެންދިޔަ ޙަރަކާތާގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، މިފަދަ ކަންކަމަށް މުޖުތަމަޢު ހޭލުންތެރި ކުރުވުމަކީ މީޑިއާގެ ޒިންމާއެއް ކަމަށާއި، މިހާރުވެސް މިކަމާ ބެހޭގޮތުން މައުލޫމާތު ފޯރުކޮއްދިނުމުގައި ޕީއެސްއެމްއިން ޙާއްސަ ދައުރެއް އަދާކުރާ ކަމަށެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަކީ އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެކެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އަންހެނުންނާއި އަންހެން ކުދިންނާމެދު ކުރެވޭ ނޭދެވޭ އެންމެހާ ތަފާތުތައް ކުޑަކުރުމާއި، ތަރައްޤީގެ ފައިދާ އަންހެނުންނަށް ލިބޭ މިންވަރު އިތުރު ކުރުމެވެ.