ޚަބަރު

މިހަފްތާގެ ތެރޭގައި މާލޭގައި އިތުރު ޕާކެއް ހުޅުއްވާނެ - ހައުސިންގ


މިހަފްތާގެ ތެރޭގައި މާލޭގައި އިތުރު ޕާކެއް ހުޅުއްވާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީގެ މަސައްކަތްތައްކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަލަށް ހުޅުއްވާ މި ޕާކް ތަރައްޤީ ކުރައްވަމުން އަންނަނީ މަޖީދީމަގުގެ ސަން ފްރަންޓް ފުރަގަހުން ކުރީގެ މާކަރީލައިޓް ހޮޓާ ހުރި ސަރަޙައްދުގައި ކަމަށެވެ. މިޕާކްގެ މަސައްކަތް ނިންމަވައި އަންނަ ހަފްތާގެ ތެރޭގައި ޕާކް ހުޅުއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާލޭގެ ހުސްބިންތަކާއި ހިނގާފައި އުޅޭ ގޯޅިތަށް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ރަސްފަންނު ހިމެނޭ ގޮތަށް 8 ޕާކެއް، މި ސަރުކާރުގެ ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި މާލޭގައި ވަނީ ތަރައްޤީ ކުރައްވައި ޢާއްމުންނަށް ބޭނުންކުރަން ހުޅުއްވާލައްވާފައިވެއެވެ. އަދި އިތުރު ޕާކުތައް ތަރައްޤީކުރެއްވުމުގެ މަސައްކަތްވެސް ހައުސިންގ މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ.