ދުނިޔެ

ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އަވަހާރަވެއްޖެ


ގިނަ ދުވަސްތަކެއްވަންދެން، ގޮހޮރުގެ އާލާސްކަންފުޅެއްގައި އުޅުއްވުމަށްފަހު، ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އަވަހާރަވެއްޖެއެވެ.

ކިއުބާގެ މިހާރުގެ ރައީސް ރާއޫލް ކާސްޓްރޯ ވަނީ މިއަދު ޤައުމާ މުޚާތަބްކުރައްވާ މިކަން އިއުލާންކުރައްވާފައެވެ. ރާއޫލް ކާސްޓްރޯ ވިދާޅުވީ އޭނާގެ ބޭބޭފުޅު ފިޑެލް ކާސްޓުރޯ އަވަހާރަވީ ކިއުބާ ގަޑިން ރޭ ދިހަގަޑި ތިރީސް އެހާކަންހާއިރުކަމަށެވެ.

ފިޑެލް ކާސްޓްރޯ އަވަހާރަވިއިރު އުމުރުފުޅަކީ، ނުވަދިހަ އަހަރެވެ. ނަވާރަސަތޭކަ ފަންސާސް ނުވައެއްގައި ގެނައި އިންޤިލާބަށްފަހު ވެރިކަމާ ޙަވާލެވެވަޑައިގެން ފިޑެލް ކާސްޓުރޯ ވަނީ ސާޅީސް ނުވައަހަރު ވަންދެން ކިއުބާގައި ވެރިކަން ކުރައްވާފައެވެ.

އެމެރިކާއިން ފިޑެލް ކާސްޓްރޯ މަޤާމުން ވަކިކުރައްވަން އެތައް މަސައްކަތެއް ކުރެއްވިނަމަވެސް އެނާ އެކަންތައް ކާމިޔާބު ވިޔަ ނުދެއްވާ ވެރިކަމުގައި ޤާއިމްވެ ހުންނެވިއެވެ.