ޚަބަރު

ޕީއެސްއައިޕީގެ އައު މަޝްރޫޢުތަކެއް ބަޖެޓަށް އިތުރުކޮށްފި


އަންނަ އަހަރަށް ސަރުކާރުން ލަފާކުރައްވާފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނުއްވާފައިވާ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ ތެރޭގައި ހިމެނޭ 704 މަޝްރޫޢުގެ އިތުރުން އާ މަޝްރޫޢުތަކެއް ބަޖެޓް ކުރައްވައިފިއެވެ. މި މަޝްރޫޢުތަކަކީ އަންނަ އަހަރަށް ލަފާކުރައްވާދައުލަތުގެ ބަޖެޓް ދިރާސާކުރެއްވިއިރު، ބަޖެޓަށް ގެންނަވާފައިވާ ބަދަލެކެވެ.

އަންނަ އަހަރަށް ލަފާކުރައްވާ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 26.7 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރެއްވި ބަޖެޓް ކޮމެޓީން އަންނަ އަހަރުގެ ބަޖެޓަށް އިތުރު 21 މަޝްރޫޢުއެއް ހިމެނުއްވިނަމަވެސް ބަޖެޓްގެ ޖުމްލަ އަދަދަކަށް އެއްވެސް ބަދަލެއް އައިސްފައެއްނުވެއެވެ.

އަންނަ އަހަރަށް ލަފާކުރައްވާފައިވާ ބަޖެޓްގައި އަލަށް ހިމެނުއްވި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ :-

ށ. މާއުނގޫދޫ ބަނދަރު ފުންކުރުން ހއ. ތުރާކުނުގެ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީއެއް ޤާއިމްކުރުން އއ.ރަސްދޫ ބަނދަރު ބޭރު ތޮށިލުން ތ. ގާދިއްފުށި ގިރާ ސަރަޙައްދަށް ވެލި އެޅުންފ. ދަނރަބޫދޫ ނެރު ފުންކުރުން ގދ. ފިޔޯރީ ކައުންސިލް އިދާރާ ޤާއިމްކުރުން ގދ. ނަޑެއްލާ ސަހަރާ ވަށާފާރު ރޭނުން ތ. ވިލުފުށި ނެރު ފުންކުރުންހއ. މުރައިދޫ ނަރުދަމާ ނިޒާމް ޤާއިމްކުރުން ގއ. ކޮނޑޭ ސްޕޯޓްސް އިންފްރާސްޓްރަކްޗަރ ޤާއިމްކުރުން ބ. މާޅޮސް ނަރުދަމާ ނިޒާމް ޑިޒައިން ކުރުންރ. ރަސްމާދޫ ނަރުދަމާގެ މަސައްކަތް ކުރުންހއ. މާރަންދޫ ނަރުދަމާ ޑިޒައިން ކުރުން ހދ. މަކުނުދޫ ސްކޫލުގައި 10 ކްލާސްރޫމް އެޅުންގއ. މާމެންދޫ ނަރުދަމާ ޑިޒައިން ކުރުން އދ. މާމިގިލި ކުނި މެނޭޖްކުރުން ދ. ކުޑަހުވަދޫގައި ދ. އަތޮޅު ކައުންސިލް އޮފީސް ޢިމާރާތްކުރުން ސ. މަރަދޫ ބަނދަރުގެ ރީ-ކޮންސްޓްރަކްޝަން.މި މަޝްރޫޢުގެ އިތުރުން އަންނަ އަހަރުގެ ބަޖެޓްގައި އަލަށް ފަށާ 293 މަޝްރޫޢުއެއް ހިމަނުއްވާފައިވެއެވެ. އެ މަޝްރޫޢުތަކަށް 2.9 ބިލިއަން ރުފިޔާ އަންނަ އަހަރަށް ބަޖެޓްކުރައްވާފައިވެއެވެ. އަދި މިހާރު ހިނގަމުންދާ 411 މަޝްރޫޢަށް 5.1 ބިލިއަން ރުފިޔާވެސް ކަނޑައަޅުއްވާފައިވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޕީ.އެސް.އައި.ޕީ އަށް 8.0 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިމަޝްރޫޢުތަކަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޢާންމު ބަޖެޓުން 4،368.7 މިލިއަން ރުފިޔާއެވެ. ބޭރުގެ ލޯން އެހީއިން 2،872.2 މިލިއަން ރުފިޔާ އަދި ހިލޭ އެހީއިން 793.1 މިލިއަން ރުފިޔާއެވެ.