ޚަބަރު

ނާވައިދުއަށް ނަގޫ ރޯޅިއެއް އަރައިފި


ހދ. ނާވައިދުއަށް މިރޭ ގާތްގަނޑަކަށް 6:50 ހާއިރު ނަގޫ ރޯޅިއެއް އަރައި ދެގެއަކަށް ގެއްލުންވެއްޖެއެވެ. 

ހދ. އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި މިކަމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއްނުވެއެވެ. އެހެންނަމަވެސް ފައިބަރުގެ މަސައްކަތްކުރުމަށް އަޅާފައިވާ ހަރުގެތަކުގެ ތެރެއިން އެއް ހަރުގެ އެއްކޮށް ހަލާކުވެފައިވާކަމަށް ނާވައިދޫ ކައުންސިލުން ވިދާޅުވެއެވެ. އަދި ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުން ވެފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ. 

ނާވައިދޫ ކައުންސިލުން ވިދާޅުވީ މި ނަގޫ ރޯޅީގެ ސަބަބުން އެރަށުގެ ހޭޅިފަށުގައިވާ ބައެއް ގަސްތައްވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށެވެ.