ޚަބަރު

ޕީޕީއެމް އޮފީހަށް ކަޅުތެޔޮޖެހި މައްސަލައިގައި ބަޔަކު ހޯދަނީ


ޕީޕީއެމް އޮފީހުން ކުރިން ހިންގަމުންދިޔަ ހެންވޭރު ތެމާއަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ދެ މީހަކު ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން އެދިވަޑައިގެންފިއެވެ.

ޕޮލިހުން މިއަދު ވަނީ ސައިކަލެއްގައި ދުއްވާފައިދާ ދެ މީހަކު ހެންވޭރު ތެމާއަށް ކަޅުތެޔޮ ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފައެވެ. އެވީޑިއޯއިން ފެންނަ ގޮތުން ޕީޕީއެމް އޮފީހަށް ކަޅުތެޔޮކަމަށް ބެލެވޭ އެއްޗެއް ޖަހަނީ ސައިކަލުގެ ފަހަތުގައި އިންނަ މީހާއެވެ. 



ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ 2 މީހުންނަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ ދެ މީހުންކަމަށެވެ. އެހެންކަމުން މި ދެ މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގެންނަވައެވެ.