ޚަބަރު

ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތައް


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގެ ކާމިޔާބު 3 އަހަރު ފާހަގަކުރުމުގެ ގޮތުން، ހިތަދޫ ޕޯޓް ލިމިޓެޑްގެ މުވައްޒަފުން ކޭކް ފެޅުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ. 

އައްޑޫ ސިޓީ ހިތަދޫ ޕޯޓް އޮފީހުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ބައިވެރިވެފައިވެއެވެ. މިހަރަކާތުގެ އިތުރުންވެސް ސަރުކާރުގެ ކާމިޔާބު 3 އަހަރު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް އައްޑޫސިޓީގައި ދަނީ ކުރިއަށްގެންދަމުންނެވެ. ޚާއްސަކޮށް ހިތަދޫ ޕޯޓަކީ އައްޑޫސިޓީގެ އެތައް ޒުވާނުންތަކެއް ވަޒީފާއަދާ ކުރާ ތަނަކަށްވުމާއެކު، ސަރުކާރުން ޒުވާނުންނަށް ދެމުންދާ އިސްކަން ފާހަގަކުރާކަމަށް އެ މުވައްޒަފުން ބުނެއެވެ. 

ހިތަދޫ ޕޯޓްގެ އިތުރުން، އައްޑޫސިޓީގައި ޤާއިމްކުރައްވާފައިވާ ބައެއް އޮފީސްތަކާއި، އަވަށްތަކުގެ ޒުވާނުން ގުޅިގެން ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.