ޚަބަރު

ތިންވަނަ އިންވެސްޓް ފޯރަމް ހުޅުއްވާދެއްވާނީ ނާއިބް ރައީސް


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، ތިންވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މިއަދު އިންޑިޔާގެ ނިއުދިއްލީއަށް ފުރާވަޑައިގެންފިއެވެ.

މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ނޮވެންބަރު މަހުގެ 22 ވަނަ ދުވަހު، ނިއުދިއްލީގައި ހުންނަ ތާޖް ޕެލެސް ހޮޓެލްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، އިންޑިޔާގެ ނައިބު ރައީސް އެމް.ހާމިދު އަންސާރީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދު ބައިވެރިވެވަޑައިގަންނަވައެވެ.