ޚަބަރު

3 އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ސްޓެލްކޯއިން ކޭކެއް ފަޅައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯއިން ޚާއްޞަ ކޭކެއް ފަޅައިފިއެވެ.

ކާމިޔާބު 3 އަހަރު ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯގައި ބޭއްވި ކޭކް ފެޅުމުގެ ރަސްމިއްޔާތުގައި ކޭކް ފަޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް އުމަރެވެ. ކޭކް ފެޅުމުގެ ރަސްމިއްޔާތުގައި އެކުންފުނީގެ މާލޭ އޮފީހުގައި މަސައްކަތްކުރާ ގިނަޢަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ކޭކް ފެޅުމުގެ ޙަރަކާތަށްފަހު ޕީއެސްއެމްއާ ވާހަކަދައްކަވަމުން ސްޓެލްކޯގެ ޑެޕިއުޓީ ޑިރެކްޓަރ ޢަބްދުﷲ ނާޒިރު ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުންގެ 3 އަހަރު ދުވަހުގެ ތެރޭގައި ސްޓެލްކޯގެ ޚިދުމަތްތަކަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށް ޤަބޫލުކުރައްވާ ކަމަށާއި، އަދި ރައްޔިތުންނާ ގުޅުން ހުރި މުހިއްމު ޕްރޮގްރާމްތަކެއް ރާވަމުން އަންނަކަމަށެވެ.

ސްޓެލްކޯގެ އިތުރުން އެކިއެކި މުއަސަސާތްތަކުން ސަރުކާރުގެ ތިންއަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް އަންނަނީ ކޭކު ފެޅުމާއި އެހެން ބައެއް ޙަރަކާތް ހިންގަމުންނެވެ.