ޓުއަރިޒަމް

ރ.އަތޮޅުގައި ތަރައްޤީކުރާ 7 ވަނަ ރިސޯޓް މާރޗްމަހު ހުޅުވަނީ


ރ. އަތޮޅު ދިގަލީގައި ތަރައްޤީކުރާ ރިސޯޓު އަންނަ މާރޗުމަހުގެ ތެރޭގައި ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އެ ރިސޯޓު ތަރައްޤީކުރާ ފަރާތުން ހާމަކޮށްފިއެވެ.

ކުއޯނީގެ މި ރިސޯޓްވެގެންދާނީ ރ.އަތޮޅުގައި ހުޅުވިގެންދާ، 7 ވަނަ ރިސޯޓަށެވެ.

108 ކޮޓަރީގެ މި ރިސޯޓުގައި، ބީޗް ބަންގަލޯ، ޕޫލާއި އެކީ ތަރައްޤީކޮށްފައިވާ ބީޗް ވިލާ، ވޯޓާ ވިލާ އަދި ލެގޫން ވިލާތައް ހިމެނެއެވެ. އަދި 5 ރެސްޓޯރެންޓްވެސް މި ރިސޯޓުގައި ހުންނާނެކަމަށް ކުއޯނީއިން މަޢުލޫމާތުދެއެވެ.

އަންނަ އަހަރުތެރޭ ރާއްޖޭގައި ގިނަ އަދަދެއްގެ އައު ރިސޯޓްތަކެއް ހުޅުވިގެންދާނެ ކަމަށް ލަފާކުރެވެއެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި ހުޅުވޭ ރިސޯޓުތަކުގެ އަދަދު ދިހައަކަށްވުރެ ގިނަވާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.