ދުނިޔެ

ބަލުޗިސްތާންގައި ދިން ބޮމުގެ ޙަމަލާއެއްގައި ސާޅީސް ތިން މަރު


ޕާކިސްތާންގެ ބަލުޗިސްތާންގެ ސަރަޙައްދުގައި ދިން ބޮމުގެ ޙަމަލާއެއްގައި ސާޅީސް ތިން މީހުން މަރުވެ، ސަތޭކަ އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. 

މިހަމަލާގެ ޒިންމާ ހައްދުފަހަނައަޅާފައިވާ އައި.އެސް ހަނގުރާމަވެރިންވަނީ އުފުލާފައެވެ. މިހަމަލާ އަމާޒުވެފައިވަނީ ޝާހް ނޫރާނީ ކިޔާ ސޫފީން އަޅުކަންކުރާ ފައްޅިއަކަށެވެ. ހަމަލާދިން ވަގުތު ފައްޅިތެރޭގައި ގިނަ އަދަދެއްގެ މީހުން އަޅުކަންކުރަން ތިބިކަމަށް މައުލޫމާތުލިބެއެވެ. ހަމަލާގައި ޒަހަމްވި މީހުންނަށް ކައިރީ ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދެމުންދާކަމަށް ޚަބަރުތައް ބުނެއެވެ.

މިހަމަލާ ޕާކިސްތާންގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވަނީ ހަރުކަށިއިބާރާތުން ކުށްވެރިކުރައްވާފައެވެ. 

ފަހަކަށްއައިސް ހައްދުފަހަނައަޅާފައިވާ އެކި ޖަމާއަތްތަކަށް ނިސްބަތްވާ ހަނގުރާމަވެރިން ބަލުޗިސްތާނުގައި ދަނީ މިފަދަ ހަމަލާތައް އާންމުކޮށްދެމުންނެވެ.