ޚަބަރު

އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭ މިއަދު ހަވީރު އޮންނާނެ


ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހުށަހަޅައިދޭ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތަކެއް މިއަދު އޮންނާނެއެވެ. 

އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހަވީރު 16:30 ގައި ޖުމްހޫރީ މައިދާން ސަރަޙައްދުގައި ފެށުމަށް ހަމަޖެހިފައިވާ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ބަލާލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާކަމަށެވެ. އަދި ޑްރިލް ސްކޮޑުގެ ބައިވެރިންނާއިއެކު ފޮޓޯ ނެގުމުގެ ފުރުޞަތުވެސް ލިބޭނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ހުށަހަޅައިދިން ޑްރިލް ޑްސްޕްލޭގެ ހަރަކާތްތަކަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.