މޫސުންތަން ނުދޭތީ މިއަދު ހަވީރު ބާއްވަން ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރު ފަސްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މީގެކުރިން ވިދާޅުވީ، ހުޅުމާލެ ޕޮލިހުގެ ފަރާތުން ބާއްވާ ކުޑަކުދިންގެ ހަވީރެއް މިއަދު ހަވީރު އޮންނާނެކަމަށެވެ.
ހަވީރު 4:00 އިން 6:00އަށް ފޭސް 2 ރުއްގަނޑު 3 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރުގެ ތެރެއިން ޚާއްސަ ލަކީ ޑްރޯ އިނާމުތަކެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެހެންނަމަވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރު ކެންސަލް ކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.