ކުޅިވަރު

މެސީގެ ވަދާއީ ޖަރޒީ ދައްކާލައިފި


އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅޭ ފަހު މެޗުގައި ލާނެ ހާއްސަ ޖާޒީ ކެޕްޓަން ލަޔޮނަލް މެސީ ދައްކާލައިފި އެވެ.

އުމުރުން 39 އަހަރުގެ ކެޕްޓަން ގައުމީ ޓީމަށް ކުޅޭނެ ފަހު މެޗަކަށްވާނީ އަންނަ އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހު އާޖެންޓީނާގެ ބޮއެނަސް އައިރިސްގައި ބެނިންއާ ދެކޮޅަށް ކުޅޭ މެޗެކެވެ. މި މެޗުގައި އާޖެންޓީނާ ލާނީ ހުދާއި މަޑު ނޫލައިގެ ފަލަ ފަށްތަކެއް ދަމާފައިވާ ޖާޒީއެކެވެ. ނަންބަރު ޖަހާފައިވަނީ ރަން ކުލައިންނެވެ. އާޖެންޓީނާގެ އެންމެ ފުރަތަމަ ޖާޒީ ތައްޔާރު ކުރި މެސީގެ ޝަރަފުގަ އެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މެސީ އިއުލާނު ކުރީ މީގެ ދެ ހަފުތާ ކުރިންނެވެ. އޭނާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނު މެޗަކީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ސްޕޭން އަތުން ބަލިވި މެޗެވެ.

މެސީ ވަނީ 21 އަހަރު ވަންދެން ގައުމީ ޓީމަށް ކުޅެފަ އެވެ. އަދި 125 ގޯލު ވަނީ ޖަހައިދީފަ އެވެ. އާޖެންޓީނާގެ ތާރީހުގައި ވެސް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ މެސީ އެވެ. އޭނާ ވަނީ ތިން ފަހަރު ވޯލްޑް ކަޕް ފައިނަލްގައި ކުޅޭ 2022ގެ ތަށި ހޯދައިދީފަ އެވެ. އަދި ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހާސިލް ކޮށްފަ އެވެ.