ޤައުމު ބިނާކުރުމުގެ ތިން އަހަރު

ރާއްޖޭގެ ފެނާއި ނަރުދަމާގެ ހާލަތު ދެނެގަންނަނީ


ރާއްޖޭގެ ފެނާއި ނަރުދަމާގެ ހާލަތު ދެނެގަތުމަށް ތައްޔާރުކުރާ "ގްލޯބަލް އެނަލިސިސް އެންޑް އެސެސްމަންޓް އޮފް ސެނިޓޭޝަން އެންޑް ޑްރިންކިންގ ވޯޓަރ" (ގްލާސް) ރިޕޯޓް ތައްޔާރުކުރެއްވުމަށް މަޝްވަރާ ބައްދަލުވުމެއް ފައްޓަވައިފިއެވެ. 

މި ބައްދަލުވުން ފައްޓަވައިދެއްވީ އެންވަޔަރމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަތީން މުޙައްމަދާއި ޑަބްލިޔު.އެޗް.އޯގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދު މާތޫރުއެވެ. ދެ ދުވަހަށް ކުރިއަށްދާ ބައްދަލުވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެންވަޔަރމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުލްމަތީނު މުހައްމަދު ވިދާޅުވީ މި ރިޕޯޓަކީ ރާއްޖޭގެ ފެނާއި ނަރުދަމާގެ ހާލަތު ދެނެގަތުމަށް، ބައިނަލްއަގްވާމީ ފެންވަރުގެ މާހިރުން ވަޑައިގެން މީހުން ތަމްރީންކުރައްވައިގެން ވަކިގޮތަކަށް ތައްޔާރުކުރައްވާ ރިޕޯޓެއްކަމަށެވެ. 

img:http://s1.psmnews.mv/images/660x400/14785918842594.jpg|ފެނާއި ނަރުދަމާގެ ހާލަތު ދެނަގަތުމަށް ކުރިއަށްދާ ބައްދަލުވުމުގެ ތެރެއިން

މިއީ، ރާއްޖޭގެ ފެނާއި ނަރުދަމާގެ ނިޒާމަށް ވަރަށް ބޭނުންތެރި މުހިއްމު ރިޕޯޓެއްކަން އެންވަޔަރަމަންޓް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

ގްލޯބަލް އެނަލައިސިސް އެންޑް އެސެސްމަންޓް އޮފް ސެނިޓޭޝަން އެންޑް ޑްރިންކިންގ ވޯޓަރ ރިޕޯޓް ތައްޔާރުކުރެއްވުމުގެ މަޤްސަދަކީ މި ދާއިރާއިން ސިޔާސަތު ކަނޑުއަޅުއްވާ ފަރާތްތަކަށް ފެނާއި ނަރުދަމާ ނިޒާމްގެ ޙާލަތު އޮތް ގޮތް ތަފްސީލުކޮށްދެއްވައި، ތަފާސް ހިސާބުތައް އެއް ޕްލެޓްފޯރމަކުން ފޯރުކޮށްދެއްވައި އެކި ނިންމުންތަކަށް އެހީތެރިވެދޭނެ ޑޮކިއުމަންޓެއް ތައްޔާރުކޮށްދެއްވުމަށް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވެއެވެ.