ޓުއަރިޒަމް

48 ކޮޓަރީގެ ގެސްޓްހައުސްއެއް ތުލުސްދޫގައި ހުޅުވައިފި


ކ އަތޮޅު ތުލުސްދޫގައި ހުޅުވި އެންމެބޮޑު ގެސްޓްހައުސް ރޭ ހުޅުވައިފިއެވެ.

ސީޒަން ޕެރަޑައިސް ނަމުގައި މި ގެސްޓްހައުސް ރަސްމީކޮށް ހުޅުވާފައިވަނީ ރޭ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ރެފްކޫލް ޓްރެވަލް އެންޑް ޓްއަރސް ކުންފުނިން ތުލުސްތޫގައި ހުޅުވި މި ގެސްޓްހައުސްއަކީ އެކުންފުނީގެ ދެވަނަ ގެސްޓްހައުސްއެވެ. 48 ކޮޓަރީގެ މި ގެސްޓްހައުސްގައި ސްވިމިންގ ޕޫލް އަކާއި، ޖިމް އެއްވެސް ހިމެނެއެވެ.

ރެފްކޫލް ޓްރެވަލް އެންޑް ޓްއަރސް ކުންފުނިން ބުނީ ތުލުސްދޫގައި ހުޅުވި މި ގެސްޓްހައުސްގެ ސަބަބުން ތުލުސްދޫގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެ، ރަށަށްލިބޭ އާމްދަނީ އިތުރުވެގެންދާނެކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮގަސްޓްމަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދިވެހިރާއްޖޭގައި މިހާރު ތިންސަތޭކަ ހަތްދިހަ ގެސްޓްހައުސް ހިންގަމުންދެއެވެ. މީގެ އިތުރުން މިހާރުވެސް އިތުރު ފައްސަތޭކަ ގެސްޓްހައުސް މުޅިން އަލަށް ތަރައްޤީކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.