ޚަބަރު

ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސި މީހާ 15 ދުވަހަށް ބަންދު!


  • މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހަތި/ގދ.ފަރެސްމާތޮޑާ، ސާއިން ޢަބްދުލްޤައްޔޫމް (23އ)

ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލަން މަސައްކަތްކުރި މީހާގެ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

15 ދުވަހަށް ބަންދުކޮށްފައިވަނީ ހުކުރުދުވަހު ހަވީރު 5:34 ހާއިރު ޗަންދަނީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަލުން ޖެއްސުމަށްފަހު ފިލަން މަސައްކަތްކުރި މީހެކެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހަތި/ގދ.ފަރެސްމާތޮޑާ، ސާއިން ޢަބްދުލްޤައްޔޫމް (23އ)އެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ހާދިސާގައި ފުލުސް އޮފިސަރަށް އަނިޔާވިނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ.