ކުޅިވަރު

ފޭދޫ އާއި އޭދަފުށި ފެށުން ރަނގަޅުކޮށްފި


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފަހު ބުރުގައި މިއަދު ކުޅުނު ދެމެޗް ފޭދޫ އަދި އޭދަފުށި ކާމިޔާބުކޮށްފިއެވެ. 

އެންމެ ފަހުގެ ޗެމްޕިއަން ފޭދޫ މެޗް ކާމިޔާބުކުރީ ދެއްވަދޫއާ ވާދަކޮށް ފަސް ލަނޑު ސުންލަނޑުންނެވެ. ކުޑަހުވަދޫގައި ކުޅުނު މިމެޗްގައި ފޭދޫ ޓީމުން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް އިފާން، އިބްރާހިމް މުހައްމަދު، އަހުމަދު ތޮލާލް އަދި އިބްރާހިމް މަހުދީއެވެ. ފޭދޫ ޓީމް އަނެއް ލަނޑަކީ ދެއްވަދޫ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަތްލަނޑެކެވެ. 

ތ ތިމަރަފުށީގައި ކުޅުނު މެޗް އޭދަފުށި ކާމިޔާބުކުރީ ހަނިމާދޫއާ ވާދަކޮށް ހަތަރު ލަނޑު ދެލަނޑުންނެވެ. އޭދަފުއްޓަށް މެޗްގައި ލަނޑު ޖަހާދިނީ އަޒްމީން އަބްދުއް ސައްތާރު އަދި އިޝާން އިބްރާހިމްއެވެ. އިޝާން އަދި އަޒްމީން ވަނީ މެޗްގައި ދެލަނޑު ކާމިޔާބުކޮށްފައެވެ. ހަނިމާދޫގެ ދެލަނޑު ކާމިޔާބުކޮށްދިނީ އާސިރު އަދި ނޫރުﷲއެވެ.