ވިޔަފާރި

ޕާޓްނަރިންގ ފޮރ ޑިވެލޮޕްމަންޓް ފޯރަމް ނައިފަަރުގަ ފަށައިފި


ޕާރޓްނަރިންގް ފޮރ ޑިވެލޮޕްމަންޓްގެ ނަމުގައި ބާއްވާ ފުރަތަމަ ފޯރަމް ފާދިއްޕޮޅު ނައިފަރުގައި މިއަދު ފަށައިފިއެވެ.

70 ބައިވެރިންނާ އެކު އެއްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފޯރަމަކީ ޔޫއެންޑީޕީއާއި ސަރުކާރުގެ މިނިސްޓްރީތައް ގުޅިވަޑައިގެން ކުދި ވިޔަފާރިއާއި، މެދު ފަންތީގެ ވިފާރިތައް ކުރިއެރުވުމަށް ސަރުކާރުން ފައްޓަވާފައިވާ، ޕާރޓްނަރިންގ ފޯރ ޑިވެލޮޕްމަންޓު، މަޝްރޫއުގެ ދަށުން ބާއްވަވާ ފޯރަމެކެވެ.

ޕާރޓްނަރިންގ ފޯރ ޑިވެލޮޕްމަންޓްގެ މައިގަނޑު މަޤްސަދަކީ ކުދި ވިޔަފާރި އާ މެދު ފަންތީގެ ވިޔަފާރިތަކާއި ޕްރައިވެޓް ސެކްޓަރ ގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތައް އެއްމޭޒެއްގައި މަޝްވަރާކުރުމުގެ މަގު ފަހިކޮށްދިނުމާއިއެކު، ވިޔަފާރީގެ ދާއިރާގައި ހުރި ދަތިތައް އަދި ފުރުސަތުތައް ހުށަހަޅައި މިކަންތަކާއި ގުޅޭގޮތުން ޚިޔާލުބަދަލުުކުރުމެވެ.

ނައިފަރު ވިލާ ކޮލެޖް ކެމްޕަސްގައި ކުރިއަށްދާ މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އަނީސް ވިދާޅުވީ ޕާރޓްނަރިންގެ ފޮރ ޑިވެލޮޕްމަންޓްެގެ ފޯރަމްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވުމަށް ވިސްނާފައިވާ ކަމަށާއި، މި ފޯރަމް ކާމިޔާބު ފޯރަމަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.