ޚަބަރު

ލޯނު އެއްބަސްވުމެއްގެ ދަށުން އަރައުހޯ ލިވަޕޫލްއަށް


ބާސެލޯނާގެ ޑިފެންޑަރ ރޮނަލްޑް އަރައުހޯ ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ލިވަޕޫލްއަށް ބަދަލުވެއްޖެއެވެ.

އުރުގުއޭއަށް އުފަން އުމުރުން 27 އަހަރުގެ އަރައުހޯ ލިވަޕޫލްއަށް ބަދަލުވެފައިވަނީ މި ފެށޭ ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް އެ ކްލަބުން ބޭނުންވެއްޖެ ހާލަތެއްގައި އޭނާ އާއިއެކު ދާއިމީ އެއްބަސްވުމެއް ލިވަޕޫލްއަށް ހެދޭނެފަދަ މާއްދާއެއް ވަނީ ހިމަނާފައެވެ.

ލިވަޕޫލް އިން އެ ޓީމުގެ ޑިފެންސް ލައިން ވަރުގަދަ ކުރުމުގެ ގޮތުން އައު ކުޅުންތެރިއަކު ގެނެސްފައިވަނީ މީގެ ކުރިން އެ ކްލަބުގެ ފަހަތަށް ކުޅުނު ފްރާންސްގެ ޑިފެންޑަރ އިބްރާހިމާ ކޮނާޓޭ ލިވަޕޫލް ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑާއި ގުޅުމުގެ ސަބަބުންނެވެ.

ބާސެލޯނާއަށް 200 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ އަރައުހޯ ބުނެފައިވަނީ ރަގަޅު ތާރީޚެއް އޮތް ވަރުގަދަ ކްލަބަކާއި ގުޅުމުގެ ފުރުސަތު ލިބުމަކީ ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

އަރައުހޯ ވަނީ ބާސެލޯނާ އާއިއެކު ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން 3 ފަހަރު އަދި ކޮޕާ ޑެލްރޭ 2 ފަހަރު ހޯދާފައެވެ.

އަރައުހޯ އާއިއެކު ބާސެލޯނާ އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2031 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ. އޭނާ ބާސެލޯނާ އާއި ގުޅިފައިވަނީ 2018 ވަނަ އަހަރު އުރުގުއޭގެ ބޮސްޓޮން ރިވާރ އިންނެވެ.

ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ލިވަޕޫލް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށެވެ.