ޑިފެންދަރު ރޮނަލްޑް އަރައުހޯ ލިވަޕޫލަށް ދޫކޮށްލީ އޭނާ އަށް ބާސެލޯނާގައި ކުޅުމުގެ ވަގުތު ނުދެވޭތީ ކަމަށް ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.
އޭނާ މިހެން ބުނީ ޓީމުގެ ކެޕްޓަން އަދި އުރުގުއޭގެ ޑިފެންޑަރު ލޯނު އުސޫލުން ދޫކޮށްލުމަށްފަހު އެވެ. މި އެއްބަސްވުމުގެ ދަށުން މި ސީޒަނަސް ފަހު ލިވަޕޫލަށް އަރައުހޯ 55 މިލިއަން ޑޮލަރަށް ގަތުމުގެ ފުރުސަތު ލިބޭނެ އެވެ. ނަމަވެސް މިއީ މަޖުބޫރު މާއްދާއެއް ނޫނެވެ. އަދި ލިވަޕޫލަށް ކުޅޭއިރު އަރައުހޯގެ ފުލް މުސާރަ ދޭނީ ވެސް އެ ކުލަބުންނެވެ.
"އަހަރުމެންނަށް އޭނާ ބޭނުންވާ ވަރަށް ކުޅެން ވަގުތު ނުދެވޭ. މިހެންވެ އަހަރުމެން ނިންނީ އޭނާ އަށް ކުޅުމުގެ ފުރުސަތު ލިބޭ ދިމާލަކަށް ދާން ބޭނުންވާނަމަ ދޫކޮށްލަން. އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އަދި ވަރަށް ޓީމާއިގެން އުޅޭ ކުޅުންތެރިއެއް. އަހަރެން އެދެނީ އޭނާ އަށް ކާމިޔާބު،" ފްލިކް ބުންޏެވެ.
އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި އަރައުހޯ ގެންދަން ލިވަޕޫލުން ބޭނުންވީ އެ ޓީމަށް ކުޅުނު ފްރާންސްގެ ޑިފެންޑަރު އިބްރާހީމާ ކޮނާޓޭ ޓީމު ދޫކޮށްލުމުންނެވެ. އަދި އަރައުހޯ ގަންނަން ބޭނުންވީ އޭނާ އަކީ ސެންޓްރަލް ޑިފެންސާއި ބޭނުންވެއްޖެ ހާލަތެއްގައި ކަނާތު ބެކަށް ވެސް ކުޅެވޭ ކުޅުންތެރިއަކަށް ވުމުންނެވެ.