ޚަބަރު

އޭޝިއާ ސާފިން ފެޑަރޭޝަނުގެ ނައިބަކަށް ސޮބާހް


  • މީގެ ކުރިން ސޮބާހް ވަނީ އޭޝިއަން ސާފިން ފެޑަރޭޝަނުގައި މަސައްކަތްކޮށްފައި

އޭޝިއަން ސާފިންގް ފެޑަރޭޝަންގެ ނައިބު ރައީސަކަށް ރާއްޖޭގެ މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) ގެ ރައީސް މުހައްމަދު ސޮބާހު (ޗޭ) އިންތިޚާބުކޮށްފިއެވެ.

މީގެ ކުރިން އޭޝިއަން ސާފިން ފެޑަރޭޝަނުގެ ހިންގާ ކޮމިޓީގައި އެގްޒެކެޓިވް ބޯޑުގެ މެމްބަރެއްގެ ޒިންމާވެސް އަދާކުރެއްވި ސޮބަހަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ ވެސް މެމްބަރެކެވެ.

ސޮބާހް ރާއްޖޭގެ ސާފިން އެސޯސިއޭޝަނުގެ ރައީސްގެ މަގާމާ ހަވާލުވީ 2019 ވަނަ އަހަރުގައެވެ. ފާއިިތުވެދިޔަ އަށްވަރަކަށް އަހަރު ރާއްޖޭގައި ސާފިން މަގުބޫލުކަން އިތުރުވެ، ގިނަ ހަރަކާތްތަކެއް ސާފިން އެސޯސިއޭޝަނުން ކުރިއަށް ގެންދިޔައިރު، އޭގެ އެންމެ އިސް ޒިންމާއެއް އަދާކުރި ފަރާތަކީ ސޮބާހެވެ.

އެގޮތުން ދިވެހި ސާފް ލީގުގެ ނަމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މުބާރާތްތައް ބޭއްވިއިރު، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ވިދިވިދިގެން ދެ އަހަރު ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ހޯދައިދިނުމުގައި ސޮބާހް އިސްދައުރެއް އަދާކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ސާފަރުންގެ ތަރައްޤީއަށް އިސްކަންދީ ބިދޭސީ ކޯޗުންނާއެކު ތަމްރީނު ހެދުމުގެ ފުރުސަތު ސޮބާހް ވަނީ ދިވެހި ސާފަރުންނަށް ހޯދައިދީފައެވެ.