ކުޅިވަރު

ވޮޒީނިއާގެ ޖާޒީގައި ވަނަން ޖެހުމުގެ ހުއްދަ ދީފި


ވޯލްޑް ކަޕުން މަޝްހޫރުވި ކާބޯ ވޭޑޭގެ ކީޕަރު ވޮޒީނިއާގެ ޖާޒީގައި ވަނަން ޖެހުމުގެ ހުއްދަ ދީފި އެވެ.

ޗިލީގެ ފުޓްބޯޅަ ފެޑަރޭޝަނުން މި ހުއްދަ އޭނާ އަށް ދިނީ އެ ގައުމުގެ ކޯލޯ ކޯލޯ އަށް އޭނާ ސޮއި ކުރުމުން އެ ކުލަބަށް އެކަމަށް އެދި ހުށަހެޅުމުންނެވެ.

ޗިލީގެ ލީގުގެ ގަވާއިދު ބުނާ ގޮތުން ކޮންމެ ކުޅުންތެރިއަކު ވެސް ޖާޒީގައި ޖަހަންވާނީ އެ ކުޅުންތެރިއެއްގެ އަސްލު ނަމެވެ. އުމުރުން 40 އަހަރުގެ ވޮޒީނިއާގެ އަސްލު ނަމަކީ ހޯޝިމާރު ހޯސޭ އެވޯރާ ޑިއާސް އެވެ. ވޮޒީނިއާގެ ނަމަކީ އޭނާގެ ވަނަމެވެ. މިއީ ކުޑައިރު އޭނާ ބަލައި ބޮޑުކުރީ މާމަ ކަމުން ކާބޯ ވެޑޭގެ ބަހުން މާމަގެ ޕްރިންސް ދޭހަ ކޮށްދިނުމުގެ ގޮތުން ކިޔައި އުޅުނު ނަމެކެވެ.

"އަހަރެން މުޅި އުމުރުގައި ވެސް ބޭނުން ކުރީ މިނަން. ކާބޯ ވާޑޭގައި މި ނަމަކީ ވަރަށް މަޝްހޫރު އަދި ދިގު ތާރީހެއް އޮތް ކަމެއް. މިހާރު މުޅި ދުނިޔޭގައި ވެސް މި ނަން އެނގޭ މީހުން ގިނަ. މިހެންވެ އަހަރެން ބޭނުންވީ މި ނަން ޖަހަން. އަހަރެންގެ މާމަ ދުނިޔޭގައި ހުރިނަމަ މިހާރު ވަރަށް އުފާވީސް،" ވޮޒީނިއާ ބުންޏެވެ.

އޭނާ ބުނީ ވޯލްޑް ކަޕުގައި މޮޅަށް ކުޅެވުނުއިރު އަބަދުވެސް ބޮޑު ކުލަބަކަށް ކުޅެން އުއްމީދު ކުރި ކަމަށާއި ޕޯޗުގަލްގެ ދެ ވަނަ ފަންތީގައި ކުޅެނިކޮށް ޗިލީގެ ޕްރެމިއާ ލީގުން ފުރުސތު ލިބުމުން އެކަމާ އުފާ ކުރާ ކަމަށެވެ.

ޗިލީ އަށް އޭނާ އާދިއްތަ ދުވަހު ދިއުމުން ގިނަ ބަޔަކު ވަނީ އޭނާ އަށް މަރުހަބާ ކިޔަން އެއްވެފަ އެވެ. ވޯލްޑް ކަޕުން ކާބޯ ވޭޑޭ ކެޓި މުބާރާތުގެ ދެ ވަނަ ބުރުގައި ދިފާއީ ޗެމްޕިއަން އާޖެންޓީނާ އަތުން އއިތުރު ވަގުތުގަ އެވެ. ވޯލްޑް ކަޕުގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު އިންސްޓަގްރާމުގައި އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު ވަނީ ފަންސާސް ހާހުން 30 މިލިއަނާ ގާތަށް ޖެލިލައިފަ އެވެ.