ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ


  • އޭނާގެ ހާލު ރަނގަޅު

ލ. ގަމުން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 11:14 އެހައިކަންހާއިރުއެވެ. ގެއްލިގެން ހޯދަމުންދިޔައީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، ރޭ މެންދަމު 2:00 އިން ފެށިގެން އޭނާގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު، އޭނާ ހޯދުމުގެ އޮޕަރޭޝަނެއް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ.

ފުލުހުން ކުރި މަސައްކަތުން، އެ ޒުވާނާ ދުއްވި ސައިކަލު ފެނިފައިވަނީ ލ. ގަން ރިވެރީޒް ބީޗް ސަރަހައްދުންނެވެ.