ތަރައްްޤީ

ޤަތަރުގެ ކުރީގެ އަމީރު އަވަހާރަވެއްޖެ


ޤަތަރުގެ ކުރީގެ އަމީރު، ޝައިޚް ޚަލީފާ ބިން ހައްމާދް އަލް-ޘާނީ އަވަހާރަވެއްޖެއެވެ. 

އެމަނިކުފާނު އަވަހާރަވިއިރު އުމުރުފުޅަކީ 84އަހަރެވެ. ޝައިޚް ޚަލީފާ ބިން ހައްމާދް އަލް-ޘާނީ އަވަހާރަވުމާ ގުޅިގެން ޤަތަރުގެ ޝާހީ ގަނޑުވަރުން ވަނީ ޤައުމީ ހިތާމައިގެ ތިން ދުވަސް އިއުލާންކޮށްފައެވެ.

ޝައިޚް ޚަލީފާ ބިން ހައްމާދް އަލް-ޘާނީ ވަނީ  1972 އިން 1995ވަނަ އަހަރާއި ހަމަޔަށް ގަތަރުގެ ވެރިކަން ކުރައްވާފައެވެ. 

ޝައިޚް ޚަލީފާ ބިން ހައްމާދް އަލް-ޘާނީ އަކީ މިހާރު ޤަތަރުގެ ވެރިކަމުގައި ހުންނެވި ޝައިޚް ތަމީމް ބިން ހައްމާދު އަލް ޘާނީގެ ކާފާފުޅެވެ.